ޚަބަރު

މަޖިލީހަށް އަންނަންވާނީ ތެދުވެރި އިޚުލާސްތެރިން: އަނާރާ

ޝަހީދާ އަބްދުﷲ ސައީދު

2

ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ވަޑައިގަންނަވަން ޖެހޭނީ ތެދުވެރި އިޚުލާސްތެރިން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން އަނާރާ ނައީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އިތުބާރު އޮތް ތަނަކަށް ވާންޖެހޭ ކަމަށެވެ. އެހެންކަމުން މަޖިލީހަށް އަންނަ މީހަކީ ތެދުވެރި އިޚުލާސްތެރި މީހަކަށް ވާންޖެހޭނެ ކަމަށް އަނާރާ ވިދާޅުވިއެވެ.

''ރައްޔިތުންގެ މަޖިލީހަށް އަންނަންވާނީ ތެދުވެރި އިޚުލާސްތެރިން. މަޖިލީހަކީ ރައްޔިތުން އިތުބާރު ލިބިފައިވާ ތަނަކަށް ވާންޖެހޭނެ،'' އަނާރާ ވިދާޅުވިއެވެ.

އަނާރާ މިހެން ވިދާޅުވީ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ޕާޓީ ބަދަލުކުރުމުން ޕާޓީއަށާއި، ރައްޔިތުންނަށް ގެއްލުންވަމުންދާ ކަމަށް ވިދާޅުވެ ބައެއް މެންބަރުން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައެވެ. ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް އޮތް ގާނޫނު އުވާލަންޖެހޭ ކަމަށް ވިދާޅުވެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ.

މި ބިލު އިތުރަށް ދިރާސާ ކުރުމަށް ފެންނަ ކަމަށް މިއަދުގެ ޖަލްސާގައި ފާސްކޮށް، އެކަމަށްޓަކާ ހަތް މެންބަރުންގެ ކޮމެޓީއެއް މިހާރު ވަނީ އެކުލަވައިލާފައެވެ. އަދި އެ ކޮމޮޓީގައި ބަހުސް ކުރުމަށްފަހު މިހާރު ވަނީ ބިލު އުވާލަންޖެހޭ ކަމަށް ކޮމެޓީގެ އިއްތިފާގުން ފާސްކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟