ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ކޮލަމްބިއާގެ މިނިވަން ދުވަހާއި ގުޅިގެން މިނިސްޓަރު ޝާހިދު ތަހުނިޔާ ފޮނުއްވައިފި

މަރިޔަމް ޝަހުދާ

ކޮލަމްބިއާގެ މިނިވަން ދުވަހާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކޮލަމްބިއާގެ ފޮރިން މިނިސްޓަރ ކާލޮސް ހޯލްމްސް ޓުރުޖިލޯ ގްރޭސިއާ އަށް ތަހުނިޔާ ފޮނުއްވައިފި އެވެ.

މިނިސްޓަރު ޝާހިދު ކޮލަމްބިއާގެ ފޮރިން މިނިސްޓަރަށް ފޮނުއްވި މެސެޖުގައި ރާއްޖޭގެ ސަރުކާރާއި ރާއްޖޭގެ ރައްޔިތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ކޮލަމްބިއާގެ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައި ވެއެވެ. އަދި ކޮލަމްބިއާގެ ފޮރިން މިނިސްޓަރުގެ ދުޅަހެޔޮ ސިއްހަތަށް އެދޭ ކަމަށާއި އެ ގައުމުގެ ރައްޔިތުންނަށް އިތުރު ކުރިއެރުން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.

20 ޖުލައި 2019 ވީ ހޮނި ހިރު ދުވަހު ކޮލަމްބިއާއިން ފާހަގަކޮށްފައިވަނީ އެގައުމުގެ 209 ވަނަ އަހަރީ ދުވަހެވެ.