ޚަބަރު

ޖޭއެސްސީއަށް ވަކީލު ކަނޑައަޅާ އިންތިހާބަށް ރީ ރެޖިސްޓްރީކުރުމާއި، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

އިބްރާހިމް ޒަކީ

ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކުރާ ވަކީލަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބުގައި ވޯޓުލުމަށް ރީ ރެޖިސްޓްރީ ކުރުމަށާއި، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުލުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިރޭ ބުނީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިހާބަށް ރަޖިސްޓަރީވުމުގެ ފުރުސަތު ޖުލައި 23 ވާ އަންގާ ރަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މާލެ ފިޔަވައި އެހެން ތަނަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ. މިހާރު ރަޖިސްޓަރީ ވެފައިވާ ތަނަކީ މާލެއެވެ.

އީސީން ބުނީ ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ނީ " ޖުޑިޝަލް ސާވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިހާބު 2019 ގައި މާލެ ފިޔަވައި އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިން ކަމަށެވެ.

މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ކަންތައް ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ މަރުކަޒު (ބައު ޖަމާލުއްދީން، ނިކަގަސްމަގު، މާލެ) އިންނެވެ.

މިފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (mv.gov.elections.www) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. އަދި މި ފޯމު ވައިބަރ (7470028) މެދު ވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

ރަޖިސްޓަރީ ކުރުން އޮންނާނީ ޖުލައި 23 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 5:00އަށް ކަމަށް އީސީން ބުނެފައިވެއެވެ.

މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އިލެކްޝަނުން މިއަދު ވަނީ އާންމުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި، މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓު (mv.gov.gazette.www://http) ގައި އަދި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (mv.gov.elections.www) ގައި އާންމުކޮށް ފެންނަން ހުންނާނެއެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖުލައި 22 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

ޝަކުވާ ހުށަހަޅާނީ " ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019 ގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާއިބެހޭ ޝަކުވާ ހުށަހަޅާ ފޯމު" އިންނެވެ.

މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ، ވެސް ބާ ޖަމާލުއްދީންގައެވެ.