ޚަބަރު

ޗިކިންގ ރެސްޓޯރެންޓް އަލުން ހުޅުވައިފި

ދުބާއީގެ މަޝްހޫރު ފާސްޓްފުޑް ފްރަންޗައިޒް، "ޗިކިންގ" ރެސްޓޯރެންޓް މާލޭގައި އަލުން ހުޅުވައިފި އެވެ.

ހ. ސުއެޒްގައި ހަދާފައިވާ ޗިކިންގ ރެސްޓޯރެންޓް ހުޅުވައި ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.

ޗިކިންގ ގެ އައުޓްލެޓް ރާއްޖޭގައި ހިންގާ ބްރޫވް އެންޑް ފީސްޓް ޕްރައިވެޓް ލިމިޓެޑް (Brew and Feast pvt. Ltd) ގެ ޑައިރެކްޓަރ އަހްމަދު ސައީދު ވިދާޅުވީ އަލުން ޗިކިންގ މާލެއަށް ގެނައީ މުޅި ދުނިޔޭގައި ވެސް ވަރަށް ބާރަށް ފުޅާވަމުންދާ ހަލާލް ފުޑް ބްރޭންޑަކަށްވުމާއި، ދިވެހިންނަށް ވެސް ވަރަށް ކަމުދާ ރަހައަކަށް ވުމާއެކު ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވަރަށް ފުރިހަމަ ހިދުމަތެއް މިތަނުން ލިބޭނެ، އަދި ރަހަތައް ވެސް ތަފާތު ވާނެ،" ސައީދު ވިދާޅުވި އެވެ.

ޗިކިންގ އިން 17 އަށް ވުރެ ގިނަ ގައުމުގައި 150 އަށް ވުރެ ގިނަ އައުޓްލެޓް ހުރެ އެވެ.

ކޮންމެ ގައުމެއްގައި ވެސް ޗިކިންގެ އައުޓްލެޓްތަކުން ވިއްކާނީ ހަލާލު ކާނާ އެވެ.

ޗިކިންގގެ ހާއްސަ ބާވަތްތަކުގެ ތެރޭގައި ގްރިލްޑް ޗިކެން، ޕެރި-ޕެރި ޗިކެން، ބާގަރ، ރެޕްސް، ޕިއްޒާ، ޑެޒަރޓްގެ އިތުރުން އެހެން ބާވަތްތައް ވެސް ހިމެނެ އެވެ.

ޗިކިންގ ރެެސްޓޯރެންޓް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 12:00 އަށެވެ.

ހުކުރު ދުވަހު ހުޅުވާނީ ހަވީރު 4:00 އިން 12:00 އަށެވެ.

ޗިކިންގގެ ތާރީހަށް ބަލައިލާއިރު، ޗިކިންގގެ ވާހަކަ ފެށެނީ އިންޑިއާގެ ރައްޔިތެއްކަމުގައިވާ އޭކޭ މަންސޫރުއާ ހަމައިންނެވެ.

އޭނާގެ ހުވަފެން ހަގީގަތަކަށް ވެގެން ދިޔައީ ދުނިޔޭގެ އެންމެ ބޮޑު އެއް ވިޔަފާރި ހަބް، ދުބާއީގައި 2000 ވަނަ އަހަރު ހުޅުވި ޗިކިންގ ރެސްޓޯރެންޓް ފުރަތަމަ އައުޓް ލެޓާއެކު އެވެ.

އިސާހިތަކު، ޗިކިންގ ގެ ކުކުޅުގެ ރަހަ ދުބާއީގައި ދިރިއުޅޭ ހުރިހާ ނަސްލެއްގެ ބަޔަކަށް ކަމުދާން ފެށި އެވެ. މިހާރު އެއީ ދުނިޔޭގެ ބްރޭންޑެކެވެ.

ސަތާރަ ގައުމެއްގައި 150 އަށް ވުރެ ގިނަ އައުޓްލެޓް އެބަ ހުއްޓެވެ.

އިތުރު ގައުމުތަކުގައި މި އަހަރު ވެސް ހުޅުވާނެ އެވެ.

މީގެ ކުރިން ރާއްޖޭގައި ޗިކިންގ ރެސްޓޯރެންޓް ހުޅުވީ ރަސްފަންނުގައި ހުންނަ ޕެވެލިއަންގައި 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ.

ޗިކިންގ އާއި ގުޅޭ މައުލޫމާތު: https://chickingglobal.com މި ވެބްސައިޓުން ލިބޭނެ އެވެ.