އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން އެކަމަށް މަޖިލީހުން މިއަދު ނެގި ވަގުތީ ކޮމެޓީން ދާދި ދެންމެ ފާސްކޮށްފި އެވެ.
ވަގުތީ ކޮމެޓީގެ މުޤައްރިރު، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވަނީ ދާދި ދެންމެ "ވަން" އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
އިލްހާމް ވިދާޅުވީ ގާނޫނު އުވައިލަން ފާސްކުރީ ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ކަމަށާއި އެވަގުތު ވަޑައިގެން ނެތީ އެންމެ މެންބަރެއް ކަމަށެވެ.
ގާނޫނު އުވައިލަން ފާސް ކުރުމަށް ކޮމެޓީ އަށް ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން އެވެ. ތާއީދު ކުރެއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެވެ.