ޚަބަރު

ޔޫއޭފާ އިންޓަނޭޝަނަލް ޓޯނަމަންޓް ބައްލަވައިލެއްވުމަށް ނައިބު ރައީސް އައްޑޫ އަށް ވަޑައިގެންފި

ފަނަރަ އަހަރުން ދަށުގެ ޔޫއޭފާ އިންޓަނޭޝަނަލް ޓޯނަމަންޓް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އައްޑޫ ސިޓީ އަށް ވަޑައިގެންފިއެވެ.

ފަނަރަ އަހަރުންދަށުގެ ޔޫއޭފާ އިންޓަރނޭޝަނަލް ޓޯނަމެންޓް ބައްލަވައިލެއްވުމަށް ނައިބު ރައީސް އައްޑޫއަށް ވަޑައިގެންނެވީ މިއަދު މެންދުރު އެވެ.

ނައިބު ރައީސް އައްޑޫ އަށް ވަޑައިގަތުމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ގައުމީ ޓީމްގެ ޖާޒީ ނައިބު ރައީސް އަށް ހަދިޔާ ކުރައްވައިފައެވެ.

މިއަދު ހަވީރު ރާއްޖެ އާއި ބޫޓާން ބައްދަލުކުރި މެޗު ނައިބުރައީސް ބައްލަވައިލެއްވިއެވެ.