އިންޑިއާގެ މިމީހާ ބޯ ނުދޮންނަތާ 40 އަހަރު ވެއްޖެއެވެ.
އިންޑިއާގެ ބިހާރު ސްޓޭޓްގެ ސަކަލް ދޭވް ތުއްޑޫ އަކީ އުމުރުން 63 އަހަރުވެފައިވާ މީހެކެވެ. ދިގު މިނުގައި ހަފޫޓު ހުންނަ އޭނާގެ އިސްތަށިގަނޑަކީ ކަލާންގެ އޭނާއަށް ދެއްވި ހަދިޔާއެއްކަމަށް އޭނާވަނީ ބުނެފައެވެ. ސަކަލްގެ އިސްތަށިގަނޑުގެ ސަބަބުން އެސިޓީގެ މީހުން އޭނާއާއި މެދު ދެކެނީ އެއީ އެމީހުންގެ ތެރޭގައި ހުރި ވަރަށް މަތިވެރި މީހެއްގެ ގޮތުގައެވެ. އެމީހުން އޭނާއާއި މުހާތަބު ކުރަނީ މަހާތަމާ ޖީގެ ނަމުންނެވެ.
ސަކަލް ބުނީ އޭނާ އެއްރޭ ނިދާފައި ހޭލިއިރު އިސްތަށިގަނޑު އަމިއްލައަށް ގެތިފައި ހުރުމުން އަޖައިބުވި ކަމަށާއި އޭގެ ފަހުން ނުކޮށާ ކަމަށެވެ. އޭނާބުނީ ދުރު ގައުމުތަކުން ވެސް އޭނާ ދެކިލުމަށް އެ ސިޓީ އަށް އަންނަ ކަމަށާއި އެއީ އެސިޓީއަށް ލިބިގެން ދިޔަ ތިޔާގި ކަމެއް ކަމަށެވެ.
ދުނިޔޭގެ ރެކޯޑު ފޮތުގައި ވާގޮތުން 2008 ވަނަ އަހަރު އެންމެ ދިގު އިސްތަށިގަނޑު ހުންނަނީ ފްލޮރިޑާގެ އުމުރުން 55 އަހަރުގެ އާޝާގެއެވެ. އޭނާގެ އިސްތަށިގަނޑުގައި 110 ފޫޓު ހުރެއެވެ.