ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެ ކަނބަލުން މޮރިޝަޝްއަށް ވަޑައިގެންފި

މޮރިޝަސް ސަރުކާރުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު މޮރިޝަސްއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު އެގައުމަށް ވަޑައިގެންފިއެވެ.

މޮރިޝަސްގެ ސަރ ސީވޫސަގަރު ރަމްގޫލަމް އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ އެ ގައުމުގެ ޔޫތު މިނިސްޓަރު ޝޯން ކްރިސްޓޯފް ސްޓެފެން ޓުސައިންއެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މޮރިޝަސްގެ ޕޯޓް ލުއީގައި މިއަދު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 (އައިއޯއައިޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެއިތުރުން މި މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވައި އައިއޯއައިޖީގެ އެކި ކުޅިވަރުތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއިން ވަނީ މި މުބާރާތުގެ 14 ކުޅިވަރެއްގައި ބައިވެރިވެފައެވެ.