ވިއްސާރަ ވުމުގެ ސަބަބުން މޯލްޑިވިއަންގެ ބައެއް ފްލައިޓްތައް ޑިލޭވެދާނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފިއެވެ.
މޯލްޑިވިއަން އިން މިކަން އާންމުކޮށްފައިވަނީ މިރޭ ކުރި ޓުވީޓެއްގައެވެ. މޯލްޑިވިއަން އިން މޫސުން ގޯސް ވުމުގެ ސަބަބުން ފްލައިޓް ޑިލޭވެދާނެ ކަމަށް ބުނެފައިވާއިރު މެޓް އޮފީހުންވެސް ވަނީ މިރޭ މޫސުން ގޯސްވެދާނެކަމަށް ބުނެފައެވެ. އަދި މުޅި ރާއްޖެއަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ 23:00 އިން ފަތިހު 05:00 އަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.