މަގުމަތީގެ އެކްސިޑެންޓް

ބުރިޖު ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ހަތަރު މީހަކަށް އަނިޔާވެއްޖެ

ސިނާމާލެ ބުރިޖު ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ދެ ސައިކަލެއް ޖެހި މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުން ގެންގޮސްފައިވަނީ އައިޖީއެމްއެޗްއަށާއި ހުޅުމާލޭ ހޮސްޕިޓަލަށެވެ.

އަނިޔާވި ހަތަރު މީހުންގެ ތެރެއިން އެކަކުގެ ބޯ ވަނީ ފެޅިފައެވެ. އަދި އަނެއް ތިން މީހުންނަށް މާ ބޮޑު އަނިޔާއެއް ނުވާ ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.

އެކްސިޑެންޓުވި އެއް ސައިކަލުގައި ތިބީ ފިރިހެނަކާއި އަންހެނެކެވެ. އަދި އަނެއް ސައިކަލުގައި ތިބީ ދެ އަންހެނުންނެވެ. އެ އެންމެންވެސް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ފުލުހުންނެވެ.

އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކު ގެންގޮސްފައިވަނީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލަށް ގެންދެވުނު 20 އަހަރުގެ އަންހެން މީހާ އަދި 21 އަހަރުގެ އަންހެން މީހާގެ ދެ ފަޔަށް ވެސް ވަނީ އަނިޔާވެފައެވެ. ފިރިހެން މީހާގެ ތުންފަތާއި ބުމަ ކައިރިން އަނިޔާވެ، ދެ ދަތް ވެސް ބިނދިފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން މައުލޫމާތުދެއެވެ.