ޚަބަރު

ވާވޭ "މޭޓް 20" އާއެކު އުރީދޫއިން ފައިވްޖީ މޮބައިލް ޕްލޭން ތައާރަފްކޮށްފި

އުރީދޫއިން ކުވެއިތުގައި ފުރަތަމަަ ފަހަރަށް ފައިވްޖީ މޮބައިލް ޕްލޭންއެއް ތައާރަފްކޮށްފިއެވެ.

ޝަމަލް ޖީ ގެ ނަމުގައި މި ޕްލޭންތައާރަފް ކޮށްފައިވަނީ، ފައިވްޖީ ސަޕޯޓްކުރާ ވާވޭގެ ފޯނު "މޭޓް 20" ގެ ލޯންޗް ކުރުމާވެސް އެކުގައެވެ.

އުރީދޫއިން ބުނީ މިއީ ޒަމާނީ އާ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން، ފެށި ހިދުމަތެއް ކަމަށެވެ.

މި ތައާރްފްކުރި ވާވޭގެ މޭޓް 20 ފޯނުގައި ތިން ކެމެރާއާއި ދުނިޔޭގެ ފުރަތަމަ ބަލޮންގް 5000 ޗިޕްސެޓްއާއެކު ވޭވޭ އެމް ޕެން- 4 ހިމެނެއެވެ.

ވާވޭ މޭޓްއަކީ ދުނިޔޭގެ އެންމެ ފުަރަތަމަ ފައިވްޖީ ސަޕޯޓްކުރި ފޯނެވެ.

އުރީދޫއިން ފުރަތަމަ ފައިވްޖީ ޓެސްޓްތައް ކޮށްފައިވަނީ ގަތަރު އާއި ކުވެއިތުގައެވެެ.

މިދިޔަ ނޮވެމްބަރު މަހު ރާއްޖޭގައި ބޭއްވި އުރީދޫ ކަލާ ރަންގައި ވަނީ އިންޓަނެޓް އޮފް ތިންގްސް، ނުވަތަ އައިއޯޓީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުރީދޫ ފައިވްޖީގެ ކުޅަދާނަކަން ފުރަތަމަ ފަހަރަށް ދައްކާ ލައިފައެވެ.