ޚަބަރު

ޑިއާރު ކޮންގޯގައި އެބޯލާ އައުޓްބެރޭކެއްގެ ސަބަބުން ޑަބްލިއުއެޗްއޯ އިން ގްލޯބަލް އެލާޓެއް ނެރެފި

ޑިމޮކްރަޓިކް ރިޕަބްލިކް ކޮންގޯ، ޑިއާރު ކޮންގޯގައި އެބޯލާ އައުޓްބެރޭކެއްގެ ސަބަބުން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ގްލޯބަލް އެލާޓެއް ނެރެފި އެވެ.

ޑަބްލިއުއެޗްއޯ އިން ގްލޯބަލް އެލާޓެއް ނެރެފައިވަނީ ސްވިޒަލޭންޑްގެ ޖެނެވާގައި ކުރިއަށްދިޔަ ޑަބްލިއުއެޗްއޯގެ އެމަޖެންސީ މީޓިންގް އަކަށްފަހު އެވެ. މި އެލާޓަކީ ޕަބްލިކް ހެލްތު އެމަޖެންސީ އޮފް އިންޓަނޭޝަނަލް ކޮންސާންގެ ދަށުން ނެރުނު އެލާޓެކެވެ.

އަލްޖަޒީރާ ނިއުސް އިން ރިޕޯޓު ކުރި ގޮތުގައި ޑިއާރު ކޮންގޯގައި އެބޯލާ ވައިރަސް ފެތުރެމުން އައި ނަމަވެސް އެއްވެސް ގައުމަކުން އެ ގައުމަށް ނުވަތަ އެގައުމުގެ މީހުން އެހެން ގައުމުތަކަށް ދަތުރުކުރުން މަނާ ނުކުރެވޭނެ ކަމަށް އދ އިން ވަނީ އަންގާފައެވެ. އަދި މި އެލާޓަކީ އެހެން ގައުމުތަކަށް ޑިއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ވައިރަސްއާ މެދު ހޭލުންތެރިވެ ސަލާމަތީ ފިޔަވަޅު އެޅުމަށް ނެރުނު އެލާޓެއްކަމަށް ޑަބްލިއުއެޗްއޯއިން ބުނާ ކަމަށް އަލްޖަޒީރާގައި ރިޕޯޓުކޮށްފައި ވެއެވެ.