ބަންގްލަދޭޝް އެމްބަސީ ކުރިމަތީ އޮތް ކާރެއްގެ މައްޗަށް އެއްޗެއް ވެއްޓި ކާރަށް ގެންލުންވެއްޖެ އެވެ.
މި ހާދިސާ ހިނގި ވަގުތު އެހިސާބުގައި ހުރި މީހަކު ''ވަން އޮންލައިން'' އަށް މައުލޫމަތު ދެމުން ބުނީ ކާރު މައްޗަށް މަތިން އެއްޗެއް ވެއްޓުނު ވަގުތު ބާރު އަޑެއް އިވުން ކަމަށެވެ. ނަމަވެސް ކާރު މައްޗަށް ވެއްޓިފައިވަނީ ކޯން އެއްޗެއްކަން ނޭނގޭ ކަމަށް އެމީހާ މައުލޫމާތު ދިނެވެ. އަދި އެވަގުތު އެހިސާބުގައި ހުރި އެއްވެސް މީހަކަށް މަތިން ކާރުމައްޗަށް އެއްވެސް އެއްޗެއް ވެއްޓުނު މަންޒަރު ނުފެންނަ ކަމަށް އެމީހާ މައުލޫމާތު ދިނެވެ.
މިކަން ފުލުހުންވެސް ވަނީ ''ވަން އޮންލައިން'' އަށް ކަށަވަރުކޮށްދީފައެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި މިރޭ 6:40 ހާއިރު މިފަދަ ރިޕޯޓެއް ފުލުހުންނަށް ވަނީ ލިބިފައެވެ. މި ހާދިސާގައި ކާރުގެ ފަހަތު ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.