ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހުގެ ދެކަނބަލުން މޮރިޝަސްއަށް ވަޑައިގަންނަވަނީ

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ރަސްމީ ދަތުރުފުޅެއްގައި މޮރިޝަސްއަށް މާދަމާ ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް ސޯލިހުގެ ދެކަނބަލުން މޮރިޝަސްއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މޮރިޝަސް ސަރުކާރުގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެ ތަމްސީލު ކުރާ އެތުލީޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން ރައީސް ސޯލިހުގެ ދެކަނބަލުން އައިއޯއައިޖީ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ހަަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި އައިއޯއައިޖީގެ ބައެއް ކުޅިވަރުތައް ރައީސްގެ ދެކަނބަލުން ބެއްލެވުމަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.