ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ އިތުރު ހަ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި ކަނޑުހުޅުދޫ ކޯޓުގެ މެޖިސްޓްރޭޓް ހަސަން ދީދީގެ އެ މައްސަލަތައް ބަލަން ޖޭއެސްސީން ނިންމީ އެ ކޮމިޝަނުން މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.
މީގެ ކުރިންވެސް ޖޭއެސްސީން ވަނީ ހަސަން ދީދީގެ މައްސަލައެއް ބެލުމަށް ނިންމައިފައެވެ. މިމަހުގެ އެއްވަނަ ދުވަހު ޖޭއެސްސީން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ހަސަން ދީދީގެ އެއް މައްސަލަ ބެލުމަށެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޖޭއެސްސީން ބަލަން ނިންމި ހަސަން ދީދީގެ ހަ މައްސަލައާ ގުޅޭ ތަފްސީލެއް ނޭނގެއެވެ.