ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) ބަންގްލަދޭޝްގެ އިވެލުއޭޝަން އެގައުމުގެ ވެރިރަށް ޑާކާގައި ފަށައިފިއެވެ.
ޑާކާގެ ރެޑިސަން ހޮޓަލުގައި ކުރިއަށްދާ ސަޓާ ބަންގްލަދޭޝްގެ އިވެލުއޭޝަން ކުރިއަށްދާނީ ޖުލައި 19އާ ހަމައަށެވެ.
ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)އިން މިހާތަނަށް ރާއްޖެއާއި ލަންކާގެ އިތުރުން އިންޑިއާ އަދި ނޭޕަލްގެ އިވެލުއޭޝަންތައް ވަނީ ނިންމާލައިފައެވެ.
މިއަހަރުގެ ސެޕްޓެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަޓާ 2019 ގާލާގައި 500 އަށްވުރެ ގިނަ ޓްރެވަލް އެންޑް ޓުއަރިޒަމް ވިޔަފާރި އޮޕަރޭޓަރުން ނޮމިނޭޓްވެފަވެއެވެ.
ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ދުނިޔޭގެ ގިނަ އަދަދެއްގެ ކުންފުނިތަކަކުން އެންޑޯޒް ކޮށްފައިވާ މި އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މިއަހަރުގެ އެވޯޑުގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް ބޫޓާން އަދި ސްރީލަންކާ ބައިވެރިވެއެވެ.