އިބްރާހިމް ޒަކީ
ސަރުކާރުގެ ހިޔާނާތް ފަޅާ އަރުވާލައި ހާމަކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 76 މެންބަރުންގެ ތެރެއުިން 75 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ބިލްގައިވާގޮތުން ގާނޫނީ ޒިންމާއެއް އަދާނުކުރުމާއި އިންސާނީ ހައްގަކާ ހިލާފު އަމަލެއް ހިންގުމާއި ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމުގެ ގާނޫނަކާ ހިލާފު ކަމެއް ކުރުމާއި ކޮރަޕްޝަންގެ އަމަލެއް ހިންގުމާއި ދައުލަތުގެ މަގާމު ނަހަމަ ގޮތުގައި ބޭނުން ކުރާކަމަށް ވިސްލްބްލޯކުރާ މީހަކަށް ވަކި ގޮތަކަށް ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ސަލާމަތީ ހިދުމަތްތަކަށް އެންގުމުގެ އިހްތިޔާރު މުއައްސަސާއަށް ލިބިގެންވެއެވެ.