ޚަބަރު

މާލެ ދަތުރުކުރަނިކޮށް އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

ވ. އަތޮޅުން މާލެ ދަތުރުކުރަނިކޮށް އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބިފަިއވަނީ މިއަދު ހަވީރު 17:38 ގައިކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. އަދި މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ދޯނީގެ ވެރިފަރާތުން ހަވާލުކުރި އިންޖީނު މަރާމާތު ކުރުމަށް ބޭނުންވާ ބައެއް ސާމާނު އެމްއެންޑީއެފް ސީޖީގެ އެހީއާއެކު ދޯންޏަށް ގެންދިޔަ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

އިންޖީނު ހުއްޓިގެން އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައިވަނީ ''ބަރަކާތް'' ނަމަކަށް ކިޔަ ދޯންޏެކެވެ. މިހާރު އިންޖީނު މަރާމާތު ކުރުމަށް ފަހު މިރޭ 19:38 ހާއިރު ދޯނި މާލެ އައުމަށް ދަތުރު ކުރަން ފަށާފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.