އަލަށް އިންތިހާބުވި ބާ ކައުންސިލްގެ މެމްބަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެއްޖެ އެވެ.
ބާ ކައުންސިލްގެ މެމްބަރުންނާ ރައީސް ސޯލިހު ބައްދަލު ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
މި ބައްދަލުވުމުގައި ބާ ކައުންސިލް އުފެދިގެން ދިއުމަކީ ގާނޫނީ އަދި ޝަރުއީ ދާއިރާ އިސްލާހުކޮށް ތަރައްގީކުރުމަށް ލިބުނު މުހިއްމު ކުރިއެރުމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި މިއީ ގާނޫނީ އަދި ޝަރުއީ ދާއިރާއަށް އާންމުންގެ އިތުބާރު އަލުން ހޯދުމަށް އެޅުނު ފިޔަވަޅެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ބާ ކައުންސިލްގެ މަސައްކަތް މިނިވަންކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާ އެއްބާރުލެއްވުމާއި އެހީތެރިކަން ސަރުކާރުން ދެއްވާނެ ކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި ރައީސް ދެއްވިއެވެ.
މި ބައްދަލުވުމުގައި ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު، ބާކައުންސިލްގެ ނައިބު ރައީސް އަބްދުﷲ މުއިއްޒު އަދި ބާ ކައުންސިލްގެ އެކްސްކޯގެ މެމްބަރުންނާއި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ބައިވެރިވެވަޑައިގެންނެވިއެވެ.