ޚަބަރު

މެމްބަރު ރިޒާ ޖޭއެސްސީއިން ވަކި ކުރަން ހުށަހަޅައިފި

އަހުމަދު ޖައިޝަން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމުން، ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޖޭއެސްސީގެ މެމްބަރުން ރިޒާ ވަކި ކުރުމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ހުށަހެޅީ މަސްއޫލިއްޔަތުތައް އަދާ ނުކުރައްވާ ކަމަށް ވިދާޅުވެއެވެ.

ނާޒިމް ވިދާޅުވީ ރިޒާއަކީ ޝަރުުއީ ނިޒާމާ ބެހޭގޮތުން ލަފާ ދޭން ޖެހޭ ބޭފުޅެއް ކަމަށާއި އެކަންތައް އޭނާއަށް ނުކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ މެމްބަރެއްގެ ހައިސިއްޔަތުން ހުންނަވާ ކޯޓުތަކުގައި ވަކީލެއްގެ ހައިސިއްޔަތުން ރިޒާ ދަނީ ވަކާލާތު ކުރައްވަމުން ކަމަށެވެ.

ޖޭއެސްސީގެ މެމްބަރެއްގެ މަގާމުގައި ރިޒާ އިންނެވީ މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުންނެވެ. އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ރިޒާ ވަނީ މީގެ ހަ މަސް ކުރީން އައްޔަނުކުރައްވާފައެވެ.