މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން

ބޯޓު ދަތުރުކުރާ މީހުން މަދުވާތީ މީހުން ތަމްރީނުކުރަން ނިންމައިފި

ޝަހީދާ އަބްދުﷲ ސައީދު

ބޯޓް ދަތުރުކުރާ މީހުންގެ ނިސްބަތަށް ބަލާއިރު ވަރަށް ބޮޑުތަން މަދުވެފައިވާތީ އެދާއިރާއިން މީހުން ތަމްރީނުކުރަން ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލު ވިދާޅުވީ، ފާއިތުވި ދިހަ އަހަރު ދުވަހުގެތެރޭގައި ބޯޓް ދަތުރުކުރަން 1000 މީހުން ގޮސްފައިވާކަން ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަތުރުކުރަންދާ މީހުންގެ އަދަދު މަދުވުމުން އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގުތިސޯދަށް ކުރެއެވެ.

ނަމަވެސް މިއަދަދު އެއް އަހަރުން އަނެއް އަހަރަށް ދަށްވަމުން ގޮސްފައިވާތީ އެދާއިރާއިން ޑެކް އޮފިސަރުންްނާއި އިންޖިނިއަރުންގެ ގޮތުގައި 60 މީހުން ތަމްރީނު ކުރަން ތިން އަހަރު ދުވަހުގެ ޕްރޮގްރާމެއް ހިންގަން ޓްރާންސްޕޯޓުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

އާދިލު ވިދާޅުވީ، 2017 އަހަރު 283 މީހުން މެރިޓައިމް ދާއިރާގައި ހަރަކާތްތެރިވި ކަމަށާއި 2018 ވަނަ އަހަރު މި އަދަދު 273 އަށް ދަށްވި ކަމަށެވެ. އަދި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މެރިޓައިމް ދާއިރާގައި ބޭރު ދަތުރުކުރާ ބޯޓުތަކުގައ ހަރަކާތްތެރިވަނީ 140 ދިވެހިން ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ރާއްޖެއަށް ވަންނަ އާމްދަނީ މަދުވެގެން ގޮސްފައިވާކަމަށްވެސް ވިދާޅުވިއެވެ.