މޫސުމް

މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް އުދައަރާނެކަމަށް ލަފާކޮށް އެލާޓް ނެރެފި

މުހައްމަދު އައުޒަމް

މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް އުދައަރާނެކަމަށް ލަފާކޮށް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ނެރެފައިވާ "ހުދު އެލާޓް" ގައި ބުނީ މޫސުން ލަފާކުރެވޭ ގޮތުން މިއަދު 11:30 އިން ފެށިގެން 16:00 އާއި ދެމެދު މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް އުދަ އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިރޭ ހިފާ ހަނދު ކޭތައާއި އުދައެރުމާ ގުޅުމެއް ނެތް ކަމަށެވެ. ނަމަވެސް ކޭތައިގެ ސަބަބުނެ ކަނޑުގެ ލޮނުގަނޑަށް ބަދަލު އަތުވެދާނެކަމަށް ވިދާޅުވި އެވެ.

މެޓުން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެކަމަށް ބެލެވޭތީ ސަމާލުވުމަށް ވެސް އެދިފައެވެ.