ހދ. މަކުނުދޫގައި ރާޅާ އަޅަން އުޅުނު ދެ މީހަކު އޮޔާދަނިކޮށް ސަލާމަތްކޮށްފިއެވެ.
ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ މިއަދު މަކުނުދޫގައި ރާޅާ އަޅަން އުޅުނު ދެ މީހަކު މާކަނޑަށް އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ މައުލޫމާތު ލިބިގެން އާންމުން ގުޅިގެން ޑިންގީއެއްގައި ގޮސް، އެ ދެ މީހުން ސަލާމަތްކޮށްދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޮއިގަދަ ދުވަސްވަރު މޫދަށް އެރި ނޫޅުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.