ގއ.ކަނޑުހުޅުދޫ ކައުންސިލަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.
މިއަދު ހެންދުނު ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކަނޑުހުޅުދޫގެ ތަރައްގީއަށް ކުރެވޭނެ މަސައްކަތްތަކުގެ މައުލޫމާތު ހޯދައި މަޝްވަރާކުރެއްވިއެވެ. އެގޮތުން ކަނޑުހުޅުދުއަށް އެންމެ މުހިއްމު މަޝްރޫއުތަކާ ގުޅޭގޮތުން ކައުންސިލަރުން ރައީސް ސޯލިހާ މައުލޫމާތު ހިއްސާކުރެއްވިއެވެ.
ކަނޑޫދޫ ބަނދަރުގެ މަޝްރޫއުގެ އިތުރުން ކައުންސިލަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ހޯދައި، ރަށުގެ ދަތުރުދާ ސަރަހައްދަށް ދާން އޮންނަ މަގު ތަރައްގީކުރުމުގެ އިތުރުން ރަށުގެ ސިއްހީ މަރުކަޒަށް ދިމާވެފައިވާ ދަތިތަކާއި ކުޅިވަރު ކުޅޭ ދަނޑު ތަރައްގީ ކުރުމުގެ މުހިއްމުކަން ފާހަގަކޮށް ކައުންސިލުން ރައީސް ސޯލިހާ ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ކަނޑުހުޅުދޫ ކައުންސިލުން އެދިލެއްވި ކަންކަމުގެ ތެރެއިން މިއަހަރު ބަޖެޓުގައި ހިމެނިފައިވަ ކަންކަންމުގެ އެންމެ ފަހުގެ މައުލޫމާތު ރަށު ކައުންސިލާއި ރައީސް ސޯލިހު ހިއްސާ ކުރެއްވި އެވެ. އަދި ކައުންސިލުން ފާހަގަ ކުރެއްވި ކަންކަމާ ގުޅޭގޮތުން ކަމާބެހޭ އިދާރަތަކާ މަޝްވަރާ ކުރެއްވުމަށް ފަހު އެ ކަންކަމަށް ހައްލު ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.