ޚަބަރު

ފެން ބިލްތަކަށް އަރާފައިވާ ބައެއް ޖޫރިމަނާތައް މާފުކޮށްދީފި

އެމްޑަބްލިއުއެސްސީގެ ފެން ބިލްތަކަށް އަރާފައިވާ ބައެއް ޖޫރިމަނާތައް މާފުކޮށްދޭން ނިންމައިފިއެވެ.

ފެން ކުންފުނިން މިރޭ އާންމުކުރި ބަޔާނެއްގައިބުނެފައި ވަނީ ނުދެއްކި ޖޫރިމަނާ ވެފައި ހުރި ބައެއް ފެން ބިލްތަކަށް އަރާފައިވާ ޖޫރިމަނާ މާފު ކޮށްދިނުމުގެ އުސޫލެއް ތައާރަފުކޮށްފައިވާ ކަމަށެވެ.

އަދި އެ އުސޫލުގެދަށުން ކަނޑައެޅިފައިވާ ހާލަތްތަކަށް ބަލައި، ގިނަ އަދަދެއްގެ ކަސްޓަމަރުންގެ ފެން ބިލަށް އަރާފައިވާ ޖޫރިމަނާ 100 ޕަސެންޓާ ހަމައަށް މާފުވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ފެން ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުވެސް ކެމްޕޭން ކުރަމުންދާ އިރު، މިއަދު ސަރުކާރުން ވަނީ ހުޅުމާލޭގެ ފްލެޓްތަކަށް އަރާފައިވާ ޖޫރިމަނާތައް ވެސް މާފުކޮށްދީފައެވެ.