ވައްކަމާއި ފޭރުން

ވަގަށް ނަގާފައިވާ އެއްޗެހިތަކެއް ވިއްކަން އުޅުނު މީހަކު ވިލިމާލެއިން ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

ވަގަށް ނަގާފައިވާ އެއްޗެހިތަކެއް ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ރޭ ދަންވަރު 02:00 ހާއިރު ވިލިމާލެ އިން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު އޭނާ ގެންގުޅުނު ދަބަސް ބަލައި ފާސް ކުރިއިރު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް ފެނިފައިވަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ހައްޔަރު ކުރި މީހާއާއި އޭނާގެ ދަބަހުން ފެނުނު ސާމާނާއި ގުޅިގެން ސުވާލު ކުރުމުން އެއީ މަރާމަތު ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ އިމާރާތެއްގައި ބޭނުންކުރާ ސާމަނުތަކެއްކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެ ތަކެތި އަނބުރާ ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ވިލިމާލެ ޕޮލިސް ސްޓޭޝަނުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.