ޚަބަރު

ބަންގްލަދޭޝް މެޑިކަލް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި

އަހުމަދު ޖައިޝަން

ބަންގްލަދޭޝް އިން މެޑިކަލް އަދި ޑެންޓަލްގެ ޑިގްރީ ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަން (ޑީއެޗްއީ) އިން ބުނީ އެ ސްކޮލާޝިޕް މެދުވެރިކޮށް ޑިގްރީއަށް ކިޔެވުމަށް ހަތް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެއީ މެޑިސިންގެ ހަ ފުރުސަތާއި ޑެންޓަލް ޑިގްރީގެ އެއް ފުރުސަތެވެ.

އެ ޑިޕާޓްމެންޓް އިން ބުނީ ބަންގްލަދޭޝްގެ މެޑިސިން ކިޔަވާ ކޮލެޖްތަކުގެ ތެރެއިން ޝަރުތު ހަމަވާ ކޮންމެ ކޮލެޖަކުން ނުވަތަ ޔުނިވާސިޓީއަކުން ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އޭލެވެލް ނުވަތަ އޯލެވެލްގެ ފަސް މާއްދާއިން "ސީ" ފާސް ލިބިފައިވާ ކޮންމެ ފަރާތަކަށް އެ ޑިގްރީއަށް ކުރިމަތިލެވޭނެއެވެ. ނަމަވެސް އެއާއެކު ޔުނިވާސިޓީގެ ޝަރުތުތައް ފުރިހަމަވާން ޖެހޭނެ ކަމަށްވެސް ޑީއެޗްއީ އިން ވަނީ ބުނެފައެވެ.

ޑީއެޗްއީ އިން ބުނީ ސްކޮލާޝިޕްއަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ ފަސްވަނަ ދުވަސް ކަމަށެވެ.