އަހްމަދު ނިހާން ހުސައިން މަނިކު

އެންޓި ޑިފެކްޝަން ގާނޫނު އުވާލުމާ ދެކޮޅު: ނިހާން

އަހުމަދު ޖައިޝަން

1

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ކަމަށް ވިޔަސް ގޮނޑި ގެއްލޭ ގޮތަށް އޮތް ގާނޫނު ކަމަށްވާ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމާ ދެކޮޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ގާނޫނު އުވާލުމާ ދެކޮޅު ނަމަވެސް މަޖިލީހުގެ 30 މެމްބަރަކު އެ ބިލް އުވާލުމަށްޓަކައި މަޖިލިސް އަށް ބަލައިގަތުމަށް ވަނީ ނިންމާފައި ކަމަށެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅާފައި ވަނީ ވިލުފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދެވެ. ރިޔާޒް އަކީ މީގެކުރިން އެ ގާނޫނަށް ތާއީދު ކުރެއްވި ބޭފުޅެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟