ޚަބަރު

އަނާރާ، މުއިއްޒު، އަނަސް، ފައިސަލް، ސުޖޫން، އަދި އަސީލް ބާކައުންސިލަށް

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް އާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި ސިވިލް ކޯޓުގެކުރީގެ ގާޒީ އައިޝާ ސުޖޫން، އާއި މުހައްމަދު ފައިސަލްގެ އިތުރުން މުހައްމަދު އަސީލް ހަސަން ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ އިންތިހާބު މިހާތަނަށް ކުރި ހޯއްދަވައިފިއެވެ.

އިއްޔެ ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، އިންތިހާބުގައި ވާދަ ކުރެއްވި 19 ވަކީލުންގެ ތެރެއިން މި ހަ ބޭފުޅުން ވަނީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިފައެވެ.

ނަމަވެސް އިންތިހާބުގައި ވާދަކުރެއްވި އެހެން ބޭފުޅުންނަށް ލިިވަޑައިގެންނެވި ވޯޓުގެ ފަރަގު ކުޑަވުމުން، މިއަދު އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރާއިރު، ބައެއް ބަދަލުތައް އައުން އެކަށީގެންވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފައްދާ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ.

އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޙާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

މިއިންތިހާބުގައި ވަގުތީ ނަތީޖާ ދައްކާގޮތުން، ކައުންސިލްގެ ރައީސްކަމުގެ މަގާމުގެ އިންތިހާބު، ގާނޫނީ ވަކީލު މައުމޫން ހަމީދު ވަނީ ކާމިޔާބު ކުރައްވައިފައެވެ.

އަދި ނާއިބު ރައީސް ކަމުގެ އިންތިހާބު ކުރީގެ އެޓަނީ ޖެނެރަލް އަބުދުﷲ މުއިއްޒު ވަނީ ކާމިޔާބު ކުރައްވައިފައެވެ.

އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގެ ވަގުތީ ނަތީޖާ:

  • 1 އަނާރާ ނައީމު ހ.ގުރުސް 343
  • 2 އަހުމަދު މުއިއްޒު މަ.ޑޯންޝައިން 627
  • 3 ސަފާ ޝަރީފް ދެތަނޑިމާގެ ސ.ހުޅުދޫ 320
  • 4 ޒިމާނާ އަބްދުލް މުހުސިން ކަނީރު ވިލާ ގދ.ގައްދޫ 215
  • 5 އަލީ ޝާހު ބީޗް ހައުސް ގއ.ވިލިނގިލި 162
  • 6 އަނަސް އަބުދުއްސައްތާރު މ.ބަޑިކުޅިމާގެ 361
  • 7 ޒުބެއިރު އަހުމަދު މަނިކު ގ.މަލްވިނަ 17
  • 8 ޑޮކްޓަރ މުހައްމަދު އިބްރާހީމް ފިނިފެން ޖަންބުގެ ހދ.ކުޅުދުއްފުށި 331
  • 9 މުހައްމަދު ޝަފާޒު ވަޖީހު މ.ހަޒާރުމާގެ 188
  • 10 މުހައްމަދު ފަރީދު ރޭވަވިލާ ފ.ފީއަލި 226
  • 11 މުހައްމަދު ފައިސަލް ސިތާރާވާދީ މ.މުލައް 631
  • 13 މުހައްމަދު ވަހީދު ނަޖީބު ދަފްތަރު، ރސ 3361 26
  • 14 ޝަބާބް ރަޝީދު ޝަބްނަމްވިލާ ސ. މީދޫ 233
  • 15 އަބުދުލް މާނިއު ހުސެއިން އަންބަރީގެ ހއ. އިހަވަންދޫ 342
  • 16 އަބުދުއްސަލާ އާރިފް، އީޓުޖެހިގެ ނ.މާފަރު 192
  • 17 އައިޝަތު ސުޖޫން މުހައްމަދު މ.ކޮކާ ހަނދުވަރުގެ 445
  • 18 މުހައްމަދު އަސީލް ހަސަން މ.އަކީރާ 356
  • 19 އައިމިނަތު އަރީޖް ހުސެއިން، ހ.ކެތި 280