ބާކައުންސިލްގެ ނައިބު ރައީސްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ތިންވަނަ ބަންޑާރަ ނައިބު އަބުދުﷲ މުއިއްޒު އިންތިހާބު ކޮށްފިއެވެ.
މި އިންތިހާބުގައި މުއިއްޒު ވާދަކުރެއްވީ، ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ އިއުލާންކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، މި އިންތިހާބުގައި މުއިއްޒަށް ލިބިވަޑައިގެންފައިވަނީ، 792 ވޯޓެވެ.
މުހައްމަދު ހަލީމަށް 139 ވޯޓު ލިބިވަޑައިގަތެވެ.
ސައްހަ ވޯޓުގެ އަދަދަކީ 931 ކެވެ. ބާތިލް ވޯޓުގެ އަދަދަކީ ދޭކެވެ.
އިލެކްޝަންސް ކޮމިޝަނުންބުނީ،، މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 1488 ކަމަށެވެ.
މި އިންތިހާބުގައި 955 މީހުން ވޯޓުލި ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
މިއިންތިހާބުގެ ވޯޓުލުން މިއަދު ހެންދުނު 9:00 އިން ހަވީރު 5:00 އަށް ކުރިއަށް ގެންގޮސްފައިވަނީ މާލެ އާއި އައްޑޫ ސިޓީގައެވެ.