ޚަބަރު

ތިނަދުއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

އަތޮޅުތެރޭގައި ބޭއްވެވި ފުރަތަމަ ޖަޒީރާ ހޮޅުއަށީގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ގދ. ތިނަދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރު މާލެ ވަޑައިގެންފިއެވެ.

ތިނަދޫގައި ބޭއްވެވި ޖަޒީރާ ހޮޅުއަށި ބައްދަލުވުމަކީ މި ސިލްސިލާގެ 3 ވަނަ ބައްދަލުވުމުވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިކަމުން ލިބޭ ނަފާއިތުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ބައެއް ވިސްނުންފުޅުތައް ހިއްސާކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ކަމާބެހޭ އިދާރާތަކުގެ އިސްފަރާތްތަކުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މިފަހަރުގެ ޖަޒީރާ ހޮޅުއަށީގައި މަޝްވާރާކޮށްފައި ވަނީ ސަރުކާރުގެ މަސްވެރިކަމާގުޅޭ ސިޔާސަތުގެ ދަށުން މަސްވެރިކަމުގެ ނަފާ އިތުރުކުރުމުގެ މައްޗަށެވެ.

ރައީސުލްޖުމްހޫރިއްޔާ ތިނަދުއަށް ކުރެއްވި މި ދަތުރުފުޅުގައި ގއ. އަދި ގދ. ގެ ބައެއް ކައުންސިލަރުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފައި ވެއެވެ. އަދި ރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވައިލެއްވިއެވެ.