ނައިބު ރައީސް ފައިސަލް ނަސީމު އައްޑޫ ސިޓީއަށާއި ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހިތަދޫގައި ތަރައްގީކުރާ ހޮސްޕިޓަލުގެ މަސައްކަތް ބައްލަވައިލައްވައިފިއެވެ.
ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫސިޓީގެ ބައެއް ރަށްރަށާއި ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީކައުންސިލާއި ބައްދަލުކުރެއްވުމަށާއި އައްޑޫސިޓީގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވައިލެއްވުމާއި އައްޑޫ ކޮންވެންޝަން ސެންޓަރުގައި ތަރައްގީކުރާ ހޮސްޕިޓަލުގެ މަސައްކަތް ހިނގާގޮތް ބައްލަވާލެއްވިއެވެ.
ހިތަދޫއަށް ވަޑައިގެން، އައްޑޫ ހައި ސްކޫލު ޓީޗަރުންނާއި ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ.