ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ ތިނަދޫ ކުނިގޮނޑާއި އައިސް ޕްލާންޓާއި އިންޖީނުގޭގެ މަސައްކަތްތައް ބައްލަވައިލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގދ. ތިނަދޫއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އެރަށުގެ އިންޖީނުގެ އާއި ކުނިގޮނޑާއި އަދި އައިސް ޕްލާންޓްގެ މަސައްކަތްތައް ބައްލަވައިލައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ތިނަދޫ އިންޖީނުގެ އާއި ކުނިގޮނޑާއި އައިސް ޕްލާންޓް ބައްލަވައި ލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި އެތަންތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވައިލައްވައި މައުލޫމާތު އޮޅުންފިލުއްވިއެވެ.

ތިނަދޫއަށް ރައީސް ކުރައްވާ ދަތުރުފުޅަކީ "ޖަޒީރާ ހޮޅުއަށި"ގެ ތިން ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.