ކ. މާފުށިން ފިހާޅޮހި އައިލެންޑް ރިސޯޓަށް ދަތުރު ގޮސް، މޫދަށް އެރި އުޅެނިކޮށް ގެއްލުނު ފިރިހެން ފަތުރުވެރިޔާ މޫދު އަޑީގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަންސް އޮފިސަރު އިބްރާހީމް އާޒިމް ވިދާޅުވީ ކޯސްޓުގާޑު ޑައިވަރުންނަށް އެ ފަތުރުވެރިޔާ ފެނިފައިވަނީ މިއަދު ހެނދުނު 0845 ހާއިރު ކަމަށެވެ.
އެމްއެންޑީއެފްގެ ކޯސްޓުގާޑު ޑައިވަރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެމީހާ ފެންމަތި ކުރުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ. އެއަށްފަހު އޭނާގެ ހަށިގަނޑު މާލެ ގެނަައުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އުމުރުން 31 އަހަރުގެ ފިރިހެނެއް ގެއްލުނު ހަބަރު އެމްއެންޑީއެފްއަށް ލިބިފައިވަނީ އިއްޔެގެ މެންދުރުފަހު އެވެ.