ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އައްޑޫ ހުޅުމީދޫގެ މަގުހެދުމުގެ މަޝްރޫއު ކުރިއަށްދާގޮތް ބައްލަވައިލައްވައިފިއެވެ.
ނައިބު ރައީސް އައްޑޫސިޓީގެ ބައެއް ރަށްރަށާއި ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު، އައްޑޫސިޓީގެ ހުޅުމީދޫއަށް ޒިޔާރަތްކުރެއްވީ މިއަދުގެ ވަގުތެއްގަ އެވެ. ހުޅުމީދޫ ހެލްތު ސެންޓަރަށް ޒިޔާރަތް ކުރައްވައި އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ތަނުގެ ހާލަތުވެސް ނައިބު ރައީސް ބައްލަވައިލެއްވިއެވެ.