ޚަބަރު

މާފުށީ ޖަލު މެޑިކަލް ސެންޓަރުން ފިލި ގައިދީއަކު ހޯދައިފި

މަރިޔަމް ޝަހުދާ

މާފުށީ ޖަލު މެޑިކަލް ސެންޓަރުން ރޭ ފިލި ގައިދީއަކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިން ހޯދައިފި އެވެ.

ކަރެކްޝަންސް އިން މިކަމާ ގުޅިގެން ކުރި ޓުވީޓެއްގައި މިއަދު ހެނދުނު މި ގައިދީ ހޯދާފައިވާ ކަމަށް ބުނެފައެވެ. މި ގައިދީ ހޯދުމަށް ފުލުހުންގެ އިތުރުން މާފުށީ ރައްޔިތުން އެހީތެރިވި ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

މާފުށީ ޖަލު މެޑިކަލް ސެންޓަރުން ފެނުނު ގައިދީ ފެނިފައިވަނީ ކަނޑުމަތިންނެވެ. އޭނާ ކަނޑުމަތިން ފެނުމާއެކު މިއަދު ހެނދުނު 06:55 ހާއިރު އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށް ކަރެކްޝަންސް އިން މައުލޫމާތުދެއެވެ.

ކަރެކްޝަންސް އިން ވަނީ މި ގައިދީ ހޯދައި އަނބުރާ ޖަލަށް ގެނައުމަށް އެހީވުމުން މާފުށީ ރައްޔިތުންގެ އިތުރުން ފުލުހުންނަށް ޝުކުރު ދަންނަވާފައެވެ.