ބަނގުރާ ވިއްކަން އުޅުނުކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކެއް ދަބަހަކަށް އަޅައިގެން ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަ ކަމަށެވެ.
އެ މައްސަލައިގައި މިއަދު 18:11 ހާއިރު އަސަރީގޯޅިން 23 އަހަރުގެ ބަންގުލަދޭޝް ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.