މާރަމާރީ ހިންގުމުގެ ކުށުގައި ހދ. ފިނޭއިން ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.
އިއްޔެ ހިނގި މި މާރާމާރީގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް މި މީހާގެ ބަންދާ މެދު ވަކި ގޮތެއް ނިންމުމަށް ހާޒިރު ކުރެވުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އިއްޔެ 16:25 ހާއިރު ފިނޭގައި މި މީހާ ހަތިޔާރު ބޭނުންކޮށްގެން ބިދޭސީއަކާ މެދު މާރާމާރީ ހިންގުމަށް މަސައްކަތް ކުރިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވެއެވެ. މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.