މާލޭގެ ގެއެއްގެ ހަތަރު ވަނަ ފަންގިފިލައިގެ ވައިގޮޅީން ވެއްޓި އުމުރުން ދުވަސްވީ އަންހެނެއްގެ ބޯ ފަޅައިގެން ގޮސް ދެ ތަނަކުން ބިންދައިގެން ހިނގައްޖެ އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 1:33 23ހާއިރު ކަމަށެވެ.
އުމުރުން 76 އަހަރުގެ ދިވެހި އަންހެން މީހާ ވައިގޮޅީން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައީ ފުލުހުން ކަމަށް ވެސް ފުލުހުންގެ މީޑިއާއިން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ، މި ހާދިސާގައި އެ މީހާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް، ކަނާތު ފައި ފަލަމަސްގަނޑާ ހަމައިން ބިންދައިގެން ގޮސް ވާތު ފައިގެ ކުޑަހުޅު ވެސް ބިންދައިގެން ގޮސްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.