މަސްވެރިކަމުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ޝިދާތާ މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ. މަސްކަނޑުތަކުގެ ނަފާ ދިވެހި މަސްވެރިންނަށް ފުރިހަމަ ގޮތުގައި ހޯދައި ދިނުމަކީ ސަރުކާރުގެ މުހިއްމު އަމާޒަކަށް ވާއިރު މިކަން ހާސިލް ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް ބާއްވަން ހަމަޖެހިފައިވާ ޖަޒީރާ ހޮޅުއަށީގެ ވާހަކައާ ގުޅުވައިގެން ޝިދާތާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ މަސްކަނޑުތަކުގެ ނަފާ ފުރިހަމަ ގޮތުގައި ހޯދުމަށް އަންހެނުންގެ ހިއްސާ ބޮޑު ކަމަށެވެ. އަދި ރާއްޖޭގައި ބިނާ ކުރަނިވި އަންހެނުންގެ ބައިވެރިވުން ނެތޮ މަސްވެރިކަމުގެ ދާއިރާ ދެމިއޮތުން މުސްތަހީލު ކަމަށް ޝިދާތާ ވިދާޅުވިއެވެ.
މަސްކަނޑުތަކުގެ ނަފާ ދިވެހި މަސްވެރިންނަށް ފުރިހަމަ ގޮތުގައި ހޯދައި ދިނުމަކީ ސަރުކާރުގެ މުހިއްމު އަމާޒަކަށް ވާއިރު މިކަން ހާސިލް ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް 12 ޖުލައިގައި ގދ.ތިިނަދޫގައި ޖަޒީރާ ހޮޅުއަށި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދުމަށް ކުރިއަށްދާ މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.