އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލާފައިވަނީ އެ މަގާމުގެ މުއްދަތު މިހިނގާ ޖުލައި މަހުގެ 22 ގެ ނިޔަލަށް ހަމަވާތީއެވެ. މިހާރު އެ މަގާމުގައި ހުންނެވީ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާ ތާރީހަކީ، 18 ޖުލައި 2019 ވާ ބުރާސްފަރި ދުވަހުގެ 14:00 އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބޭނެ ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓު، www.presidencymaldives.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.