ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ ހޮސްޕިޓަލުގެ ފިޒިއޯތެރަޕިސްޓަކު އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަލަން ފަށައިފި

ޝަހީދާ އަބްދުﷲ ސައީދު

ހުޅުމާލެ ހޮސްޕިޓަލުގެ ފިޒިއޯތެރަޕިސްޓަކު އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

''ވަންއޮންލައިން'' އަށް މައުލުމާތު ދެއްވަމުން އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހު ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުގެ ފިޒިއޯތެރަޕިސްޓަކާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާގެ މައްސަލައެއް ބަލަމުންދާ ކަމަށެވެ.

އަދި އެމައްސަލަ މިހާރު ބަލަމުން އަންނަ ކަމަށާއި މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ނަމަ އޭނާއާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އާޝިޔާ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެމައްސަލަ ހުށަހަޅާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެއެވެ.