ޚަބަރު

މަޖިލިސް ތަޅުމުގައި ގޮނޑިޖަހާފައިވާގޮތް ބަދަލުކުރަންޖެހޭ: ރައީސް ނަޝީދު

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގައި، މިހާރު މެންބަރުން އިށީންދެ ތިއްބަވާގޮތަކީ ބުއްދިވެރިގޮތެއްނޫން ކަމަށާއި މަޖިލިސް ތަޅުމުގައި މިހާރު ގޮނޑިޖަހާފައި ހުންނަގޮތް

ބަދަލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރިޔާސަތުގައި އިންނަވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިހާރު ގޮނޑިޖަހާފައިވަނީ ގަވާއިދުގައި، އެގޮތަށް ގޮނޑިޖަހަށް ކަނޑައަޅާފައި އޮވެގެންނޫން ކަމަށާއި އެއީ ޒަމާނުއްސުރެން ފެށިގެން އުގެން އެކަން އޮތްގޮތް ކަމަށެވެ.

"ރަދުންގެ އަށް މެންބަރުންނާއި މާލޭގެ މެންބަރުން ކުރީގަ ތިއްބަވަނީ ނަވާރަސަތޭކަ ބައްތިރީސްވަނަ އަހަރު މަޖިލީހުގައި ފުރަތަަމަ އިށީންނެވިއިރުގައި، ފަހުން އައިސް ރަދުންގެ އަށް މެންބަރުން. ރަސްކަމެއް ދޫކޮށް ޖުމްހޫރިއްޔަތަކަށް ބަދަލުވީމާ ފަސްދޮޅަސް އަށްވަނަ އަހަރުއްސުރެން ފެށިގެން އެއީ ރައީސުލް ޖުމްހޫރިއްޔާގެ އަށް މެންބަރުންގެ ގޮތުގައި ކަނޑައެޅުނު ބޭފުޅުން ކުރީ ގޮނޑީބަރީގައި ތިއްބަވަމުން ގެންދެވި. 2008 ވަނަ އަހަރުގެ ގާނޫނު އަސާސީ ލިބި، މަޖިސް މެންބަރުންނަކީ އިދާރީ އިންތިހާބީ ދާއިރާތަކަކުން އިންތިހާބުވާ މެންބަރުންނަށްވެ މިހާރު ތި ތިއްބެވިގޮތަށް އިށީންދެ ވަޑައިގެން ތިއްބަވަނީ ކުރީއްސުރެން އެގޮތަށް އޮތުމުން"

ރައީސް ނަޝީދު ވިދާޅުވީ، މަޖިލިސް ތަކުގައި އާއްމު ގޮތެއްގައި މެންބަރު އިށީންދެ ތިއްބަވަނީ އެއްޕާޓިއެއްގެ މެންބަރުން އެއްދިމާލެއްގައި، އަނެއް ޕާޓީގެ، ނުވަތަ ވާދަވެރިން އެހެން ދިމާލެއްގައި ކަމަށެވެ.

އެގޮތުން އިދިކޮޅު ޕާޓީގެ މެންބަރުން ތިއްބަވާނީ، އޭރަކު އޮންނަ ސަރުކާރުގެ ޕާޓީ އާއި ދިމާ އިދިކޮޅުގައިކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގޮނޑި ޖަހާ ތަރުތީބު އަތުރާފައިވާގޮތް ބަދަލުކުރަންޖެހޭތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށެވެ.