ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރު މިއަދު މަޖިލިސް ކޮމިޓީއަށް ހާޒިރު ކުރަނީ

އިބްރާހިމް ޒަކީ

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް މިއަދު ހާޒިރުކުރަން ނިންމައިފިއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ އެޖެންޑާ ހާމަކޮށްފައިވާއިރު މިނިސްޓަރު އަލީ ވަހީދު ހާޒިރުކުރަން ހަމަޖައްސާފައި ވަނީ 11:00 ގައި އޮންނަ އެ ކޮމިޓީގެ ބައްދަލުވުމަށެވެ.

ނަމަވެސް މިނިސްޓަރު ހާޒިރު ކުރަނީ ކޮން މައްސަލައަކާ ގުޅިގެންކަމަށް ކޮމިޓީން ހާމަކޮށްފައެއް ނުވެއެވެ. މިއަދު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވެ ވަޑައިގަންނަވަންޖެހޭ ކަމަށް މިނިސްޓަރު އަލީ ވަހީދުވެސް ވަނީ ވިދާޅުވެފައެވެ.

އެކަން ހާމަކުރައްވައި އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 2014 ވަނަ އަހަރަށް ފަހު ރައްޔިތުންގެ މަޖިލީހަށް ވަޑަިގަތުމަކީ ލިބިވަޑައިގަންނަވާ ބޮޑު އުފަލެއް ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު ކޮމިޓީއަށް ހާޒިރު ކުރަން ހަމަޖެހިފައިވާއިރު، ފަތުރުވެރިކަމަށް ރަށްތަކާއި ފަޅުތައް ދޫކުރުމުގައި ކުރީގެ ސަރުކާރުން ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.