ޚަބަރު

މަޖިލީހުގެ ތަޅުމުގައި ހޯމް މިނިސްޓަރ ދޮގެއް ހައްދަވާނެކަމަށް ދެކިގެން ނުވާނެ: ނަޝީދު

މަރިޔަމް ޝަހުދާ

6

މަޖިލީހުގެ ތަޅުމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދޮގެއް ހައްދަވާނެކަމަށް ދެކިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ކުރީ ސަރުކާރުގައި ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި ތިން ބޭފުޅެއްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އަބްދުﷲ ލުތުފީގެ މައްސަލައިގައި އިއްޔެ ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރ އިމްރާން ހާޒިރުކުރުމުން ދެއްވި ޖަވާބު ދޮގުކުރުމުގެ ސަބަބުން އެކަމަށް ރައްދު ދެއްވަމުންނެވެ. ނަޝީދު ވިދާޅުވީ ކުރީގެ އެއްވެސް ކޮމިޝަނަރަކަށްވެސް އަދި ހޯމް މިނިސްޓަރަކަށްވެސް ދައުރު ނިމުން އިރުވެސް ލުތުފީ ރާއްޖެ ގެނެވިފައި ނުވާ ކަމަށެވެ.

ލުތުފީ ރާއްޖެއަށް ގެނެވުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރުގައި އިމްރާންގެ ހޯމް މިނިސްޓަރ ކަމުގަޔާއި މުހައްމަދު ހަމީދުގެ ކޮމިޝަނާ ކަމުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނޮވެމްބަރ 3ގެ އުދުވާނީ ހަމަލާގެ މޭސްތިރި ކަމަށްވާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެއިން ފިލާފައިވަނީ ނަޝީދުގެ ސަރުކާރުގައި ލަންކާއަށް ބޭސްފަރުވާއަށް ފޮނުވާފައިވަނިކޮށެވެ. އޭގެ ފަހުން ފިލައިގެން އުޅުމަށްފަހު އޭނާ އަމިއްލައަށް މިއަހަރު ތެރޭ ލަންކާގެ ދިވެހި އެމްބަސީއަށް ވަދެ ވަނީ އަމާންދީފައެވެ. އަދި އޭގެ އެތައްދުވަހެއް ފަހުން މިރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށުން ލުތުފީ ވަނީ އަނބުރާ ރާއްޖެ ގެނެވިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟