މާލޭގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށްފިއެވެ.
އެފަދަ މައްސަލައެއް ހުށަހެޅިގެން ބަލަމުން އަންނަކަން ފުލުހުން ވަނީ ''ވަން އޮންލައިން'' އަށް ކަށަވަރުކޮށްދީފައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައާ ގުޅިގެން 18 އަހަރުން ދަށުގެ ކުޑަކުއްޖެއްގެ އިތުރުން އެހެން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ކުއްޖެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި ހައްޔަރު ކުރި 22 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް އަދި 17 އަހަރުގެ ފިރިހެން ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.