ސަގާފީ ތަރިކައިގެ ބިލް މަޖިލީހަށް ބަަލައިގަނެ، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަގާފީ ތަރިކައިގެ ބިލް މިއަދު މަޖިލީިހަށް ބަލައިގެންފައިވަނީ، ޖަލްސާގައި ތިއްބެވި 78 މެންބަރުންގެ ތެރެއިން 76 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި ބިލް މަޖިލީހަށް ބަލައިގަތުމުން، ބިލް އިތުރަށް ދިރާސާކުރަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ވަނީ ފޮނުއްވިކަން ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު އިއުލާން ކުރެއްވިއެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ހުށަހެޅުއްވި މި ބިލުގައި ދިވެހި ރާއްޖޭގެ ސަގާފީ ތަރިކަތައް ކަނޑައެޅުމާއި، އެކަމުގައި ދިވެހހި ދައުލަތާއި އަމިއްލަ ފަރުދުންގެ ޒިންމާ ވަނީ ކަނޑައަޅައިފައެވެ.
މީގެ އިތުރުން ސަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަ ގޮތަކަށް ކުރެވޭ ކުށްތަކަށް ކަނޑައަޅައި އަދަބު ވެސް ވަނީ ކަނޑައަޅައިފައެވެ.
މި ބިލުގައި ތަރިކަތަކާއި ބެހޭ ދިރާސާތައް ކުރުމާއި ތަރިކަތައް ބެލެހެއްޓުމާއި ގުޅޭ ހުރިހާ އުސޫލެއް ވަނީ ކަނޑައަޅައިފައެވެ.