އަށް ކެޓަގަރީ އަކުން 21 ފަރާތަކަށް ރިވެލި އެވޯޑް ދީފި އެވެ.
މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމާޔަތްކުރާ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކުރިއެރުމަށާއި ލާބައަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ.
މި ރަސްމިއްޔާތުގައި އަށް ދާއިރާއަކުން އެވޯޑު ދީފައިވެއެވެ. އެއީ؛
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް
- ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައިދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާ
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ
- ފަންނީ ދާއިރާ
- ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ
- ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ދާއިރާ، އަދި
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭގޮތުން ހަބަރު ފަތުރާ ވަސީލަތްތަކުން ކޮށްދޭ ހިދުމަތުގެ ދާއިރާ އެވެ.
މި ކެޓަގަރީ ތަކުން އެވޯޑު ހާސިލް ކޮށްފައިވަނީ؛
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދާއިރާއިން؛
- މުހައްމަދު ރައިޝާން އަހުމަދު/ ހުސްނޫވިލާ، މ. މުލައް
- އަލްހާފިޒް އަހުމަދު ނަބީލު އަބްދުލްގާދިރު/ މާބަގީޗާގެ، މ. މުލައް
- މަރްޔަމް ނޫރާ ރަޝާދު/ މއ.ސެނަކާ
- ފާތުމަތު އިބްރާހީމް/ ކާނިމާގެ، ޅ. ހިންނަވަރު
- އަލްހާފިޒް އަލީ އަމްޖަދު/ ރަބީއު، ހދ. ކުޅުދުއްފުށި
- ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައިދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ؛
- ނަހްވާން ޔޫސުފް، ތަންހަޅިއާގެ/ ޅ. ނައިފަރު
- އަޔާން އާލް ބިން އަހުމަދު ނާސިރު/ މ. އަބާނާ
- އަބްދުﷲ ޝިޔާއު/ ދެވެލި، ސ. މަރަދޫ
- ސިފުނާ އިބްރާހީމް/ ފެހިވާދީ، މ. މުލައް
- އަހުމަދު ނަހްޔާން ފައިސަލް/ ނޫޑަލްހީ، ޏ. ފުވައްމުލަކު
- މަރްޔަމް ލުމައިހާ އާދިލް/ މ. ސާނިޔާ
- މުހައްމަދު ނިޔާފް/ ލޫބިޔާ، ލ. ފޮނަދޫ
- ވަސްމީ ވަހީދު/ ސޯސަންމާގެ. ބ. ތުޅައިދޫ
- އަލީ އަމީން/ ގ. ރަންރީދޫގެ
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތައުލީމް ފޯރުކޮށްދިނުމުގެ ދާއިރާ؛
- މޯލްޑިވްސް އޯޓިޒަމް ސެންޓަރ
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ
- ބްލައިންޑް އެންޑް ވިޝުއަލީ އިންސްޕަޔާޑް ސޮސައިޓީ އޮފް މޯލްޑިވްސް، ވ. އަލުންތިލަ
- ފަންނީ ދާއިރާ؛
- ޝަފީނާޒް ސައީދު/ ހީނާމާގެ، ގއ. ކޮލަމާފުށި
- ރަހުމާ އީސާ/ ހ. ފިލްމީ ސައިޓް
- ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ؛
- ދިމްނާ ފާކިރު/ ގުލްދަސްތާގެ، ސ.ފޭދޫ
- ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ދާއިރާ؛
- ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭގޮތުން ހަބަރު ފަތުރާ ވަސީލަތްތަކުން ކޮށްދޭ ހިދުމަތުގެ ދާއިރާ
- ރޭޑިއޯ އެޓޯލް
މި ބޭފުޅުންނަށް އެވޯޑު ހަވާލު ކޮށްދެއްވާފައިވަނީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއެވެ.