ޚަބަރު

ލުތުފީ ގެންނަން ދައްކަން ޖެހެނީ، 2،852 ޑޮލަރު، ޑިފެންސްގެ ލިއުން ލިބުނުހާ އަވަހަކަށް ގެންނާނަން

އިބްރާހިމް ޒަކީ

ދިވެހި އެމްބަސީގެ ހިމާޔަތުގައި، ލަންކާގައި ހުރި، ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް، އޯވަސްޓޭ ފައިނިްގެ ގޮތުގައި ލަންކާއަށް ދައްކަން ޖެހެނީ، 2،852 ޑޮލަރު، ހަމަށާއި، ލަންކާގެ މިނިސްޓްރީ އޮފް ޑިފެންސްގެ ލިއުން ލިބުނުހާ އަވަހަކަށް، ލުތުފީ ރާއްޖެ ގެންނަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

ތިނެއް ނޮވެމްބަރުގައި ރާއްޖެއަށް އުދުވާނީ ހަމަލާދީ، 19 ދިވެހިން ޝަހީދު ކޮށްލި، ހާދިސާގައި އަމަލީ ގޮތުން ބައިވެރިވި، ތުލުފީ އަކީ 2010 ވަނަ އަހަރު، ރައީސް ނަޝީދުގެ ވެރިކަމުގެ ތެރޭގައި، ބޭސްފަރުވާ އަކަށް ސްރީލަންކާ އަށް ފޮނުވިގޮތަށް ރާއްޖެ ގެނެވިފައެއްނުވާމީހަކަށްވާތީ، މިހާރުގެ ސަރުކާރުން އޭނާ ގެނައުމަށް ކުރަމުންދާ މަސައްކަތާބެހޭގޮތުން، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު ވިދާޅުވީ، މެއި އެއްވަނަ ދުވަހު ލުތުފީ، ލަންކާގައި ހުންނަ ދިވެހި އެންބަސީއާ އޭނާގެ ނަފްސު ހަވާލުވި ދުވަހުން ފެށިގެން، އޭނާ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ.

އަދި އޭރު ދެދުވަސް ތެގޭގަައި ލުތުފީ ރާއްޖެ ގެނައުމަށް، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއެކު ވާހަކަ ދައްކަވައި ނިންނެވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ނަމަވެސް އެއީ ލަންކާގައި ބޮން ގޮއްވައިގެން، ހިތާމަވެގި ހާދިސާއެއް ހިނގާދިޔަ ދުވަސްކޮޅަކަށް ވާތީ، އާއި ބަލަންޖެހޭ ކަންކަން ފުރިހަމައަަށް ނުބަލައި އޭރު އޭނާ ރާއްޖެ ގެނަސްފިނަމަ ރާއްޖެ އާއި ލަންކާއާ ދެމެދު ދިވާނެދާނެ މައްސަލައަކަށް ބަލައި، ލަންކާ ސަރުކާރުގެ ފުރިހަމަ ހުއްދައާއެކު ލުތުފީ ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން ނިންމެވީ ކަމަށެވެ.

އިމްރާން ވިދާޅުވީ، ލުތުފީ ރާއްޖެ ގެނައުމަށް ލަންކާގެ ވަކިވަކި މުއައްސަސާތަކުގެ ހުރަހެއް މިހާރަކު ނެތް ކަމަށެވެ. އަދި ލުތުފީ ރާއްޖެ ގެނައުމަށް ލަންކާގެ އެޓާނީ ޖެނެރަލްގެ ލިއުމެއް ބޭނުންވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވި ލިއުން މިހާރު ލިބިފައިވާ ކަމަށާއި، ނަމަވެސް ލުތުފީ ގެނައުން ލަސްވެގެން މިހާރު އުޅެނީ، ލަންކާގެ މިނިސްޓަރު އޮފް ޑިފެންސްގެ ލިއުމެއް ނުލިބިގެން ކަމަށްވެސް ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، ލަންކާގެ ޑިފެންސް މިނިސްޓްރީގެ ލިއުން ލިބޭއިރަށް، އެންމެ އަވަހަށް ރާއްގެ އަންނަ ފުލައިތަކުން ލުތުފީ ގެނައުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެފައިވާ ކަމަށެވެ.

ލުތުފީ ރާއްޖެ ގެނައުމަށް ދައްކަންޖެހޭ ފައިސާއާ ބެހޭގޮތުން މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު އިމްރާން ވިދާޅުވީ، ލުތުފީ ލަންކާގައި، ގަވާއިދާ ހިލާފަށް އޯވަސްޓޭ ވުމުގެ ސަބަބުން އެތަނުގެ އިމިގްރޭޝަނަށް 2،852 ޑޮލަރު، ދައްކަން ޖެހިފައިވާ ކަމަށެވެ.

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ބަނަދުގައި ހުއްޓާ ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމާބަހޭ ކަންތައްތަކުގެ މައުލޫމާތު ވަގުތުން ވަގުތައް ހާމަކުރަމުންގެންދިއަ ނަމަވެސް، އެންބަސީގައި ލުތުފީ ހުރި މައްސަލައާބެހޭ މައުލޫމާތު ހާމަ ކުރަމުން ގެންގޮސްފައިނުވާތީ، މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަދީބުގެ މައްސަލައަކީ، ފެށުނީއްސުރެ އެބޭފުޅުންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ މައްސަލައެއް ކަމަށެވެ.

ނަމަވެސް ލުތުފީގެ މައްސަލައަކީ، ގައުމުގެ އަމަން އަމާން ކަމާއި ގައުމީ ސަލާމަތާގުޅުންހުރި މައްސަލައަކަށް ވާތީ ލުތުފީ މާލެ ގެނައުމަށްފަހު އެކަން ހިއްސާކުރަން މަޑު ކުރެއްވީ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.