މަސްތުވާތަކެއްޗާ އެކު އދ. ދަނގެތިން އުމުރުން 20 އަހަރުގެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ދަނގެތި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންއެއްގައި ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައި ވަނީ އިއްޔެ އެވެ.
ފުލުހުން ބުނީ ދަނގެތީގައި ހިންގި އޮޕަރޭޝަންގައި މަގުމަތިން އެމީހާ ހުއްޓުވައި ބަލައި ފާސްކުރި އިރު އޭނާގެ އަތުގައި އޮތް ދަބަހުގެ ތެރެއިން ފެނުނު ޕީނަޓް ބަޓަރު ދަޅެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.
މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި އެމީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.